މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވަރކްގެ ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މާދަމާ ހެނދުނު 06:00 އާއި 06:30 އާ ދެމެދު އަދި 09:45 އާއި 10:15 އާ ދެމެދު މާފަންނު، މައްޗަންގޮޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

