ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާނެއެވެ.
މި އަހަރުގެ ޖަލްސާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޙާފިޡްކަމުގެ ސަނަދު ހާސިލުކޮށްފައިވާ 28 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުން މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުމެވެ. މިއީ ޤުރުއާން ހިތުދަސްކުރުމުގެ މުހިންމުކަން ފާހަގަކހަގަކޮށް، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތެކެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ. މި ދުވަހަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ މުހިންމު އެއް ދުވަހެވެ.
މި ޖަލްސާއަކީ ކޮންމެ އަހަރަކުވެސް ބާއްވާ ހާއްސަ ޖަލްސާއެކެވެ.

