ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާއި ގުޅިގެން "އިސްލާމީ ރަމްޒުތަކުގެ ފޮޓޯ މުބާރާތް 1446" މި ނަމުގައި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ފޮޓޯ މުބާރާތެއް ބާއްވަން ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއިން ނިންމައިފިއެވެ.
އެ ސެންޓަރުން މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ 12 އަހަރުން މަތީގެ ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯ ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 05 އިން ފެށިގެން 10 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ކަމަށެވެ.
ފޮޓޯ ހުށަހަޅަން ބޭނުންކުރާނެ ލިންކާއި މުބާރާތުގެ މައުލޫމާތު ކަރުދާސް ވަނީ އިއުލާނުގައި ހިމަނައިފައެވެ.
https://x.com/HeritageMv/status/1841855316994171136?t=54bZrVpRlXf9UpyhVTLTGw&s=19
މި މުބާރާތުގައި ފޮޓޯ ހުށަހެޅޭނެ ދާއިރާތައް:
- ދިވެހި އިސްލާމީ އާސާރުތަކާއި ބިނާތައް
- ދިވެހި އިސްލާމީ މުނާސަބަތުތައް
- ދިވެހި އިސްލާމީ ލިޔުންތަކާއި ފަރުމާތަކާއި ކުރެހުންތައް
މި މުބާރާތުގައި ކޮންމެ އަތޮޅަކުން އެއްވަނަ ފޮޓޯއާއި މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ފޮޮޓޯ ހޮވާނެއެވެ.
މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ރިސޯޓު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

