މި މަހުގެ 26 ގައި އިސްރަށްވެހިންގެ ނާދީގައި ކަސަބު ގެތުމުގެ ކްލާސްތައް ފަށަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އިއްޔެ ބުނެފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކްލާހާ ގުޅޭ މައުލޫމާތު ސެޝަން މި މަހުގެ 08 ވާ އަންގާރަ ދުވަހު 17.30 ގައި އިސްރަށްވެހިންގެ ނާދީގައި އޮންނާނެ ކަމަށެވެ. އަދި މައުލޫމާތު ސެޝަނަށްފަހު ނަން ނޯޓު ކުރުން އޮންނާނެ ކަމަށެވެ.
މައުލޫމާތު ސެޝަންގައި ކޯހަށް ބޭނުންވާ ތަކެއްޗާއި ދަސްކޮށްދެވޭނެ ބައިތަކާއި ކްލާސްތައް ބާއްވާ ގަޑީގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

