ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 65 އަހަރުގެ ދިވެހި ފިރިހެން މީހާ އިތުރު 20 ދުވަހުގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މިދިޔަ މަހު 16 ގައި ސްރީލަންކަން އެއާލައިންްސްއިން ރާއްޖެ އައި، އައްޑޫ ސިޓީ ހިތަދޫ ވެހެތާނުގެ، ޢަބްދުﷲ ޞާދިޤް ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުން 349 ގްރާމް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި އޭނާގެ ބަންދަށް ކުރިން ޖެހިން މުއްދަތު ހަމަވުމާއެކު، އިތުރު 20 ދުވަހުގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ހެކީގެ ނިސްބަތަށް ބަލާއިރު، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ.
އަމުރުގައިވާ ގޮތުން އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެކެވެ.

