ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އަމާޒަކަށް ވާންވާނީ ގައުމުގެ ހައްގުގައި ވަކާލާތުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއް ކަމަށާއި، މަސްއޫލިއްޔަތެއް ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ދިވެހިރާއްޖެއާއި ގައުމުގެ ހައްގުގައި ވަކާލާތުކުރުން ކަމަށެވެ.
ބްރޯޑްކާސްޓިންގ ދުވަހަކީ ގައުމު ބިނާކުރުމާއި، ޑިމޮކްރަސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރުގެ އަގު ވަޒަންކޮށް، މި ދާއިރާގެ ތަރައްގީއަށް މަގުފަހިކުރުމަށް ފާހަގަކުރާ ދުވަހެވެ.
ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

