ޕައިނެޕްލް ސޯސް ޗިކަން އަކީ ރަހަމީރު އަދި ފަސޭހައިން ތައްޔާރުކުރެވޭ ކެއުމެކެވެ. މި ކެއުން ތައްޔާރު ކުރުމަށް ބޭނުންވާ މައިގަނޑު ތަކެތީގެ ތެރޭގައި ކުކުޅު މަސް، އަލަނާސި، އަދި އެކި ބާވަތުގެ ތަރުކާރީތައް ހިމެނެއެވެ. މި ކެއުމުގެ ހާއްސަ ކަމަކީ އަލަނާސީގެ މީރު ރަހައާއި ކުކުޅު މަހުގެ ރަހަ އެއްކޮށްލެވިފައިވުމެވެ.
ބޭނުންވާ ތަކެތި
- 1/2 ކިލޯ ބޯންލެސް އިންޗިއެއްހާ ވަރަށް ކޮށާފައި
- 3 ފިޔާ (އަރިއަށް ހަނިކޮށް ކޮށާފައި ކޮށާފައި)
- 1/2 ޖޯޑު ކޯންފްލާރ
- 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
- 2 ޗިކަން ކިއުބް
- 1/2 ސައި ސަމުސާ އިނގުރު ޗިސްކޮށްފައިހުރި
- 4 ކެޕްސިކަމް (ކޮށާފައި)
- 1 ސައިސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮމުރިސް
- 1 ފަޅި ބެލްޕެޕަރ ( ކުދިކޮށް ކޮށާފައި)
- 2 ސައި ސަމުސާ ލޮނުމެދު (ޗިސްކޮށްފައި ހުރި)
- 1/2 ޖޯޑު ޗިލީ ސޯސް
- 1/2 ޖޯޑު އަލަނާސި ދަޅުގެ ސިރަޕް
- 2 މޭޒުމަތީ ސަމުސާ ކޯންފްލާރ
- 8 ފޮތި ދަޅު އަލަނާސި ކުދިކޮށް ކޮށާފައި
- 2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
- 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
- 1/2 ޖޯޑު ޓޮމާޓޯ ސޯސް
- ލޮނުކޮޅެއް
- ތެޔޮ
ކުކުޅު ތެލުލާއިރު ބޭރުގައި ހޭކުމަށް
- 4 ބިސް (ގިރާފައި)
- 2 މޭޒުމަތީ ސަމުސާ ސޯޔާސޯސް
- 1/2ޖޯޑު ކޯންފްލަރ (އޮލަކޮށް ފެންފޮދެއްގައި ގިރާލާފައި)
- 4/1 ސައި ސަމުސާ މުގުރި އަސޭމިރުސް
- ލޮނުކޮޅެއް

ޕައިނަޕްލް ސޯސް ވިކަން………ފޮޓޯ:ކިޗަންސެންޗުއަރީ
ތައްޔާރުކުރާ ގޮތް:
ފުރަތަމަ ކުކުޅު މަސް ތައްޔާރުކުރުން: ކުކުކުކުޅު މަސް ކުދިކޮށް ކޮށައި، އެކި ބާވަތުގެ ކުދި ތަކެތި (މިސާލަކަށް: ކޯންފްލާރ، އަސޭމިރުސް، އިނގުރު) އާއެކު މަސް ހާކައި ތައްޔާރުކުރަންވާނެއެވެ.
ކުކުޅު މަސް ތެލުގައި ލުން: ތައްޔާރުކޮށްފައިވާ ކުކުޅު މަސް ބިހާއި ސޯޔާ ސޯސްގައި ހާކައި، ތެލުގައި މަޑު މުށިކުލައެއް އަރާވަރަށް ތެލުލާށެވެ.
ސޯސް ތައްޔާރުކުރުން: އެހެން ތަވައެއްގައި ތަރުކާރީތައް (ފިޔާ، މިރުސް، ބެލްޕެޕަރ، ކެޕްސިކަމް) ތެލުގައި މޯޅިކޮށް، އަލަނާސި އަދި އެހެނިހެން ތަކެތި (ޗިލީ ސޯސް، ޓޮމާޓޯ ސޯސް) އެއްކޮށްލާށެވެ.
ކުކުޅު މަހާއި ސޯސް އެއްކުރުން: ތައްޔާރުކޮށްފައިވާ ސޯސްގައި ކުކުޅު މަސް އަޅައި، ރަހަ ހިފާވަރަށް ކައްކާށެވެ.
މި ކެއުމަކީ ޢާއިލާއާއެކު ނުވަތަ ހާއްސަ މުނާސަބަތުތަކުގައި ކެއުމަށް އެކަށީގެންވާ ކެއުމެކެވެ. ޕައިނެޕްލް ސޯސް ޗިކަން، މިއީ ގިނަ ބަޔަކު ކަމުދާ ކެއުމަކަށް ވެފައިވެއެވެ. އަދި މި ކެއުމުގައި ހިމެނޭ އެކިއެކި ބާވަތްތަކުގެ ސަބަބުން، މިއީ ފައިދާހުރި ކެއުމެއް ކަމުގައިވެސް ބެލެވެއެވެ.

