މާދަމާ އެ ކުންފުނީގެ ސަރވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ސަރވިސް ނޯޓިސްގައި ބުނީ މާދަމާ އެ ކުންފުނީގެ ސަރވިސް ކައުންޓަރުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ.
ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ސަރވިސް ކައުންޓަރުތަކުގެ ޚިދުމަތް އާދައިގެމަތިން ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަހުއެވެ. މިއަހަރުގެ އެ ދުވަސް ދިމާވަނީ ހޮނިހިރު ދުވަހާއެވެ.

