މާދަމާގެ ބައެއް ވަގުތުތަކުގައި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ވައިލެޓް މަގާއި، އަސްރަފީ މަގާއި، ސޯސަން މަގާއި، ދުނބުރި މަގު ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 14:00 އާއި 17:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހި، ނިރޮޅު މަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 09:00 އާއި 12:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނީގެ އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް 1 އާއި، ސެންޓްރަލް ޕާކާއި، ފިތުރޯނު މަގާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިރޮޅު މަގު ސަރަހައްދުން ހެނދުނު 06:00 އާއި 06:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

