އިންޑިއާގެ ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އީޒް މައި ޓްރިޕް އިން 9 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖެއަށް އަލުން ފްލައިޓް ބުކިން ހަދަން ފަށައިފި އެވެ.
މި ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ރަނގަޅުވުމުގެ ސަބަބުން އަލުން ބުކިން ހަދަން ފަށާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ-އިންޑިއާ ގުޅުން ހީނަރުވެފައިވަނިކޮށް،ށް، ރާއްޖޭގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރަށާއި އެ ގައުމަށް ރައްދުވާ ގޮތަށް ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ދެ ގައުމުގެ މަސްލަހަތު އިތުރަށް ގޯސްވި އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގެ ގިނަ ރައްޔިތުން ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓްކުރުމުގެ ކެމްޕޭނެއް ހިންގިންގި އެވެ.
މި ހާދިސާއާ ގުޅިގެން، އީޒް މައި ޓްރިޕް އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ބުކިން ހެދުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް، މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވުމާ ގުޅިގެން، އީޒް މައި ޓްރިޕް އިން ވަނީ ރާއްޖެއަށް އަނެއްކާވެސް ބުކިން ހަދަން ފަށާފަ އެވެ.
މި ކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ހިތްވަރެއް ކަމަށް ބެލެވެ އެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމު ކަމަށްވާތީ، މި ފަދަ ބޮޑު ޓްރެވަލް އަލް އޭޖެންސީއަކުން ރާއްޖެއަށް އަލުން ބުކިން ހަދަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމަކަށް ވާނެ ކަމަށް ބެލެވެއެވެ.

