އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ޔަމަނަށް ވައިގެ މަގުން ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޔަމަނުގެ ހޫތީ އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ވައިގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހުދައިދާ އެއާޕޯޓާއި ސަނާ އަދި ދަމާރު ސިޓީ އަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސަނާ ސިޓީއަށް ހަތަރު މިސައިލް ހަމަލާދީފައިވާއިރު، ހުދައިދާގެ ހުޅަނގު އުތުރުގައި އޮންނަ ހުދައިދާ އެއާޕޯޓާއި އަލް ކަތިބު ސަރަހައްދަށް ވައިގެ މަގުން ހަތް ހަމަލާދީފައިވެއެވެ. އަދި ދަމާރު ސިޓީގެ ދެކުނަށް ވައިގެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ިމިހަމަލާތަކާއި ގުޅިގެން ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.

