މިރޭ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން އިންޒާރު ދީފިއެވެ.
މެޓް އިން ބުނެފައިވަނީ މިރޭގެ މޫސުން ކުރިއަށް ލަފާކޮށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އިން ބުނެފައިވެއެވެ.
މީގެއިތުރުން، މެޓް އިން ލަފާކޮށްފައިވާ ގޮތުގައި އާދައިގެ ވަރަކަށް ކަނޑު މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

