ލޮލުގެ ދުޅަހެޔޮކަމަށް ފައިދާހުރި ކާނާ: ފެނުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ 8 މޭވާއާއި ތަރުކާރީ
ލޮލުގެ ދުޅަހެޔޮކަމަށް ވަކި މޭވާއެއް ނުވަތަ ތަރުކާރީއެއްގެ ސީދާ އަސަރެއް ނުފެނިދާނެއެވެ. އެހެންނަމަވެސް، ވަކި މުހިންމު ނިއުޓްރިއެންޓްސްތަކުން މުއްސަނދި، ކާނާ ކެއުމުން ލޮލުގެ ދުޅަހެޔޮކަމަށް ފައިދާކުރާނެއެވެ.
ތިރީގައި މިހިމަނާލާ މޭވާއާއި ތަރުކާރީއަކީ ލޮލުގެ ދުޅަހެޔޮކަމަށް ހާއްސަ ފައިދާހުރި ބާވަތްތަކެކެވެ:
ކެރެޓް: ބީޓާ-ކެރޮޓީނުން މުއްސަނދި މި ތަރުކާރީއަކީ ހަށިގަނޑުން ވިޓަމިން އޭ އަށް ބަދަލުކޮށްދޭ މާއްދާއެކެވެ. މިއީ ލޮލަށް ރަނގަޅަށް ފެނުމަށް ކޮންމެހެން ބޭނުންވާ ވިޓަމިނެކެވެ.
ސްޕިނަޗް: ލޫޓީން އަދި ޒީއެކްސަންތިން ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވޭ މި ތަރުކާރީން ލޮލަށް ގެއްލުން ހުރި އަލިން ރައްކާތެރިކޮށްދީ، ދިގު މުއްދަތުގެ ލޮލުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ.
ކޭލް: ލޮލުގެ ދުޅަހެޔޮކަމަށް މުހިންމު ވިޓަމިން ސީގެ އިތުރުން ލޫޓީނާއި ޒީއެކްސަންތިންގެ ރަނގަޅު ބާވަތެކެވެ.

ފޮޓޯ:ފްލިކަރ
ކައްޓަލަ: މިތަރުކާރީގައި ބީޓާ-ކެރޮޓީނާއި ވިޓަމިން- އީ ގިނައިން އެކުލެވެއެވެ. ރަނގަޅު ލޮލުގެ ފެނުން ސާފުކޮށް، ލޮލުގެ ނޫރާއި އަލިކަން ދެމެހެއްޓުމަށް ފައިދާހުރި ދެ މާއްދާ އެކުލެވޭ ބާވަތެކެވެ.
ބްލޫބެރީ: ވިޓަމިން ސީ އަދި އީ ފަދަ އެންޓިއޮކްސިޑެންޓްތައް ގިނައިން އެކުލެވޭ މި މޭވާއަކީ ކެޓަރެކްޓާއި ގްލޯކޯމާ ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ބާވަތެކެވެ.
އޮރެންޖް: ލޮލުގެ ލޭ ހޮޅިތަކުގެ ދުޅަހެޔޮކަމަށް މުހިންމު އަދި ކެޓަރެކްޓާ ދެކޮޅަށް މަސައްކަތްކުރާ ވިޓަމިން ސީ ގިނައިން އެކުލެވޭ މޭވާއެކެވެ.
ބެލް ޕެޕަރ: ވިޓަމިން އޭ އާއި ސީގެ އިތުރުން ލޫޓީނާއި ޒީއެކްސަންތިން އެކުލެވޭ މި ތަރުކާރީއަކީ ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ބާވަތެކެވެ.
ބްރޮކޮލީ: ވިޓަމިން ސީ، ބީޓާ-ކެރޮޓީން، ލޫޓީން، އަދި ޒީއެކްސަންތިންގެ ރަނގަޅު މިކްސްއެއް އެކުލެވޭ މި ތަރުކާރީއަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ފައިދާހުރި ބާވަތެކެވެ.
މި މޭވާއާއި ތަރުކާރީތައް ކެއުމުގައި ހިމެނުމަކީ ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެއް ނަމަވެސް، މިއީ ގަވާއިދުން ލޮލުގެ ޗެކަޕް ކުރުމާއި ލޮލަށް އަޅާލުމުގެ ބަދަލެއް ނޫންކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ. ފެނުމުގެ މައްސަލަތަކެއް ހުރިނަމަ، އެންމެ ރަނގަޅީ ލޮލުގެ ހާއްސަ ޑޮކްޓަރަކާ މަޝްވަރާކުރުމެވެ.
މިންހެޔޮ ކާނާ: މަތީގައި ބަޔާންކުރެވުނު މޭވާއާއި ތަރުކާރީގެ އިތުރުން، ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންވާ ހުރިހާ ނިއުޓްރިއެންޓްސްތަކެއް ހިމެނޭ މިންހެޔޮ ކެއުމަށް އަހަންމިއްޔަތުކަން ދިނުން މުހިންމެވެ.

ފޮޓޯ:ފްލިކަރ
ފެން ބުއިން: ދުވާލު ހަށިގަނޑަށް ބޭނުންވަނީ އަށްތަށި ފެން ކަމަށް ބުނެފައި އޮންނައިރު ފެންނުބޮވޭ ބަޔަކަށް ވިޔަސް މިއީ ލޮލުގެ ދުޅަހެޔޮކަމުގެ ވާހަކައެވެ. ލޮލުގެ ފެނުން، އަލިކަން ދަށްވާނަމަ ގަދަކަމުންވެސް ފެން ބޯން އެބަޖެހޭ ނޫންތޯއެވެ. ހަގީގަތުގައިވެސް ފެން ބުއިމުން ލޮލުގެ ކުރަކިކަމާއި ވަރުބަލުދުޅަކަން ދުރުކޮށް، ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.
ރަނގަޅު ކާނާގެ އިތުރުން، ހަށިގަނޑަށާއި ސިކުނޑިއަށް އަރާމުވާވަރު ނުވިނަމަވެސް ފުދޭ ވަރަކަށް ނިދުމާއި، ގަވާއިދުން ކޮންމެވެސް ކަސްރަތެއް ކުރުމާއި، ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވުމަކީވެސް ލޮލުގެ ދުޅަހެޔޮކަމަށް މުހިންމު ކަންކަމެވެ.
ސްކްރީން ބޭނުންކުރުމުގައި ސަމާލުވުން: ގިނަ ވަގުތު ކޮމްޕިއުޓަރ ނުވަތަ ފޯނުގެ ސްކްރީނަށް ބެލުމުން ލޮލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް، ކޮންމެ 20 މިނެޓަކުން 20 މިނެޓަކުން، 20 ސިކުންތު ވަންދެން ތިމާއާ 20 ފޫޓު ދުރުގައިވާ އެއްޗަކަށް ބެލުމަކީ ލޮލަށް ލިބޭ ގެއްލުމުން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެމުހިންމު އެއްކަންތަކެވެ. ސަބަބަކީ އަދުގެ ދިރިއުޅުމުގައި އެންމެ ރައްޓެހި އެއްޗެއްސާ ދުރަށް ފަޅިސިކުންތަކަށް ވެސް ޖެހުމަކީ ދަތި ކަމަކަށް ވާތީއެވެ.

ފޮޓޯ:ފްލިކަރ
އަވީން ރައްކާތެރިވުން: އަވީގައި ހުންނައިރު އަވިއައިނު ބޭނުންކުރުމާއި، ބޮލުގައި ރަނގަޅަށް ހިޔާވާ ތޮފި އެޅުމުން ލޮލަށް ލިބޭ ގެއްލުމުން ރައްކާތެރި ކޮށްދޭނެއެވެ. ލޮލުގެ ދުޅަހެޔޮކަމަށް ފައިދާހުރި ކާނާ ކެއުމަކީ މުހިންމު ކަމެއް ނަމަވެސް، އެއީ ހަމައެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. ރަނގަޅު ކާނާގެ އިތުރުން، ލޮލަށް އަޅާލުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ކުރުމާއި، ދުޅަހެޔޮ އާދަތައް ދިރިއުޅުމުގައި ހިމެނުމަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެެމެހެއްޓުމަށް މުހިންމު ކަންކަމެވެ. އަދި ފެނުމުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ލޮލުގެ ހާއްސަ ޑޮކްޓަރަކާ މަޝްވަރާކުރުން މުހިންމެވެ.
މި މޭވާއާއި ތަރުކާރީތައް ކެއުމުގައޮ ހިމެނުމަކީ ލޮލުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެއް ނަމަވެސް، މިއީ ގަވާއިދުން ލޮލުގެ ޗެކަޕް ކުރުމާއި ލޮލަށް އަޅާލުމުގެ ބަދަލެއް ނޫންކަން ހަނދުމަކުރުން މުހިންމެވެ. ފެނުމުގެ މައްސަލަތަކެއް ހުރިނަމަ، އެންމެ ރަނގަޅީ ލޮލުގެ ހާއްސަ ޑޮކްޓަރަކާ މަޝްވަރާކުރުމެވެ.

