މީހެއްގެ އަތުން މޯބައިލް ފޯނެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓުގައި އޭނާ ބުނެފައިވަނީ ފޯނު އަތުލި ކަމަށާއި، ފޯނު އަތުލީ ފޭރިގަތުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
އޭނާއަކީ ހައްޔަރާއި ބަންދު ލޮގް އޮތް މީހެއްކަން ފާހަގަކޮށް، ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ، މި ކުށް ތަކުރާރުވުމުގެ އިހުތިމާލު އޮތް ކަމަށް ބެލެވޭ ކަމަށެވެ.

