އިންޓަރޕޯލް ނޯޓީސްއެއް ނެރުނަސް ވެބްސައިޓްތަކުން އާންމުނަށް ކޮންމެހެން ފެންނަން ނުޖެހޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތަސްލީމް ގެއްލުނު މައްސަލައިގައި ޔެލޯ ނޯޓިސްއެއް ސެޕްޓެމްބަރު 12 ވަނަ ދުވަހު އިންޓަޕޯލްއިން ވަނީ ޕަބްލިޝް ކޮށްފައި ކަމަށެވެ.
އެގޮތުން ޕަބްލިޝްކުރެވޭ މިފަދަ ނޯޓީސްތަކަކީ އިންޓަޕޯލް ހުރިހާ ގައުމުތަކަށްވެސް ފެންނަ ގޮތަށް ޕަބްލިޝްކުރެވޭ ނޯޓިސްތައްކަމަށެވެ. ނަމަވެސް މި ގޮތަށް ނޯޓިސްކުރެވޭ ކޮންމެ ނޯޓީސްއެއް އާންމުނަށް ފެންނަ ގޮތަށް އިންޓަރޕޯލް ވެބްސައިޓްގައި ނޯޓިސް ކުރުމަކީ އޮންނަ ކެމެއްނޫން ކަމަށެވެ. ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 43 އަހަރުގެ މުހައްމަދު ތަސްލީމް ހޯދުމުގެ މަސައްމަތް ފުކުހުން ގެންދަނީ ކުރަމުންނެވެ.
މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު ގެއްލިގެން ހޯދަންފެށީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައެވެ.
ތަސްލީމް ގެއްލުނު ހާދިސާއާ ގުޅިގެން ފުލުހުން އޭރު ނެރުނު ބަޔާނުގައި ބުނީ ތަސްލީމް ހޯދުމަށްޓަކައި މެރިން ޕޮލިސްއާއި ފުލުހުންނާއި ކޯސްޓްގާޑުގެ ޑައިވް ޓީމްތަކުން އެ ފަސްގަނޑު ހިމެނޭ މޫދު ސަރަޙައްދުގެ ބޮޑު ބައެއް ހޯދާ ބަލާފައިވާކަމަށެވެ.
އެގޮތުން ޖުމުލަ 943،998 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޑައިވްކޮށް ބަލާފައިވާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އަދިވެސް ތަސްލީމް ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާ ނުލާ ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނެއެެވެ.

