މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރީނދޫ ސަމާލު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށެވެ.
އެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މެންދުރުފަހު 15:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން ރާއްޖޭގެ އެކި ހިސާބަށް މިއަދު ބޯކޮށް ވާރޭވެހޭނެއެވެ.

