ދިވެހި ފުލުހުންގެ ޚިދުމަތުގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އިންޓަނެޓް މެދުވެރިކޮށް ދެމުންއައި ހިދުމަތް ވަގުތީ ގޮތުން މެދުކެނޑުނީ މިދިޔަ ހުކުރު ދުވަހުއެވެ.
މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބުނު ދަތިތަކަށް މާފަށް ވެސް އެދިފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ވަނީ ފުރިހަމައަށް ހައްލުކުރެވިފައި ކަމަށެވެ. އަދި ހުރިހާ އޮންލައިން ޚިދުމަތްތަކެއް މިހާރު ވަނީ އަލުން ފެށިފައި ކަމަށްވެސް ބުނެފައިވެއެވެ.

