ކަޅުދަބަހުގެ ސިއްރު ހަފްތާއެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް ބުނެ އަލީ ވަހީދު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަށް އިންޒާރު ދެއްވައިފިއެވެ.
25 އޮކްޓޯބަރ 2015 ވަނަ ދުވަހު ޝަމީމް ގެންގުޅުނު ކަޅުދަބަހުގެ ހަޤީގަތް ހަފްތާއެއްގެ ތެރޭގައި ހާމަކުރާނެކަމަށް ބުނެ އަލީ ވަހީދުވަނީ ޓްވީޓެއް ކޮށްފައެވެ.
މިޓްވީޓުގައި އަލީ ވަހީދު ވިދާޅުވަނީ ރިފޯމްގެ ނަމުގައި އެއްލޯފާމަކަށް ޖުޑީޝަރީ ޕްރައިވެޓައިޒްކޮށް ކިލަނބުކޮށްފި ކަމަށާއި ޝަމީމް ގެންދެވި ކަޅު ދަބަހުގެ ހަޤީގަތް ހާމަކުރާނެކަމަށެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި މިވަގުތު މިނިވަން ޝަރުއީ ނިޒާމެއް ނެތްކަމަށާއި ރާއްޖޭގައި މިހާރު އޮތީ "ޝަމީމީ ނިޒާމެއް" ކަމަށެވެ. ހަމައެއާއެކު ރައީސް ޔާމީން މިނިވަންކުރުމަށް އަލީ ވަހީދު ވަނީ ގޮވާލާފައެވެ.
2015 ވަނަ އަހަރު އޮކްޓޯބަރ 24 ވަނަ ދުވަހަކީ "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އޭރުގެ ނައިބް ރައީސް އަހުމަދު އަދީބް ހައްޔަރުކުރި ދުވަހެވެ. ޖެހިގެން އައި 25 ވަނަ ދުވަހު އަދީބުގެ ވަކީލެއް ކަމަށްވާ ޝަމީމް ގެންގުޅުނު ކަޅު ދަބަހުގެ ހަޤީގަތް ހާމަކުރާނެ ކަމަށްބުނެ އަލީ ވަހީދު ވަނީ ފާޅުގައި އިންޒާރުދީފައެވެ.
އަލީ ވަހީދު އިގިރޭސި ވިލާތުގައި ހުންނަވަނިކޮށް ވިސާގެ މައްސަލައިގައި އޭނާ ވަނީ އިގިރޭސި ވިލާތުގައި ހައްޔަރުކޮށްފައެވެ.

