"ރަހުމަތްތެރިން" ނުވަތަ "އެކުވެރިން" މި ދެލަފުޒަކީވެސް މާނަ ފުން އަދި އެހާމެ ބާރުވެރި ދެ ލަފުޒެކެވެ. ރަހުމަތްތެރި ކަމަކީ، ވަރުގަދަ އަދި އެހާމެ ނުރައްކާތެރިވެސް ކަމެކެވެ. ރަހުމަތްތެރިކަން ފެށިގެން އައިސް އާޚިރުގައި ހަތުރުންނަށް ވެގެންދާ މަންޒަރުވެސް ގިނަބަޔަކަށް ވާނީ ފެނިފައެވެ. އަދި ހަމަ އެގޮތަށް ހަތުރުން މިތުރުންނަށްވާ މަންޒަރުވެސް ވަރަށް ގާތުން ފެނެއެވެ.
ތަފާތު އެކި މީހުންގެ ނަޒަރުގައި، ދޭދޭ މީހުންގެ މެދުގައި އުފެދިފައި އޮންނަ އެކުވެރިކަމާއި ގާތް ރައްޓެހި، ރަޙުމަތްތެރިކަން ކެނޑިގެންދާ ސަބަބުތައް ވަރަށް ތަފާތެވެ. އެހެންކަމުން މިކަންކަމާމެދު ވިސްނައި ފިކުރު ކުރުމަށްފަހު މިފަދަ ސަބަބުތައް މެދުވެރި ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ބައްޓަންއެބަޖެހެއެވެ.

ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާލަނީ އެއް ނޫން…… ފޮޓޯ ؛ ފްލެޔަރ
ބައެއްމީހުން ގަބޫލުކުރާގޮތުގައި އެކުވެރިކަން ކެނޑިގެން ދިޔުމުގެ އެންމެ މުހިއްމު ސަބަބަކީ އެކަކު އަނެކަކަށް ސަމާލުކަން ދޭމިންވަރު ކުޑަވުމެވެ. ޒަމާނާއި އެކު ބިޒީ ޝެޑިއުލެއްގައި އަވަދި ނެތިވެ އުޅެން ދިމާވުމުގެ ސަބަބުން އެތައް ހަފުތާއަކަށް ގުޅައިނުލެވި ދިޔުމުގެ ސަބަބުން ދުރުކަމެއް އިހުސާސްކުރެވެނީ އެވެ. އެހެންކަމުން އޮންނަ ގާތްކަން އެހެން މީހެއްގެ މައްޗަށް އެނބުރިލަނީ އެވެ.
ދެވަނަ ސަބަބެއްކަމަށް އެފަރާތްތަކުން ބުނެފައވަނީ މިތުރުކަން ކެނޑިގެން ދިޔުމުގެ އެންމެ ބޮޑު ސަބަބަކީ އިތުބާޜުކުރުމާއި އިޙުތިރާމްކުރުން އުނިވުމެވެ. އަދި ދެ މީހެއްގެ ތެރޭގައި ވަކި ދުރުމިނެއް (އިންސަރަހައްދެއް) އޮތުމަކީވެސް ރަނގަޅު އެކުވެރިކަމެއް ނެތިގެން ހިނގައިދާނެ ސަބަބެކެވެ. ހަމައެއާއިއެކު މާފުނުކުރުމާއި އަމިއްލަ އެދުން ބޮޑުވުމާއި އިހުމާލުކުރުންވެސް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާލަނީ އެއް ނޫން…… ފޮޓޯ ؛ ފްލެޔަރ
ބައެއްފަހަރު ރަޙުމަތްތެރިޔާ އަށް ކުރެވޭ ކަމަކުން ނުވަތަ އޭނާޔަށް ބުނެވޭ ބަހަކުން ރުޅި އާދެވި، އެކަން ޙައްލުކުރުމަށް ޓަކައި ވާހަކަދެއްކުމެއްނެތި ހިމޭނުންތިބުމަކީ ރަޙުމަތްތެރިކަން ނެތިގެން ދިޔުމުގެ ވަރަށް ބޮޑު ސަބަބެކެވެ.
މި ދަންނަވައިލެވުނީ ރަޙުމަތްތެރިކަން ކެނޑިގެން ދިޔުމަށް މެދުވެރިވާ ސަބަބުތައް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ސަބަބުތަކުގެތެރެއިން ކުޑަ މިންވަރެކެވެ.
މިފަދަ އެތައް ބައިވަރު ސަބަބުތައް ހުތުމަކީވެސް އެކަޝީގެންވާކަމެކެވެ.އެހެންކަމުން މި ފަދަކަންކަމާ މެދު ވިސްނުން ހިންގައި އެ ފަދަ ސަބަބުތައް މެދުވެރި ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ބެއްޓުމަކީ މުހިންމުކަމެެވެ.

