ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމުގެ ދައުވަތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ދެއްވައިފިއެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑު ވަޒީރާ ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ދައުވަތު އަރުވާ ކަމަށެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ހެދުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ މިއަދު ހެނދުނު ބައްދަލު ކުރައްވާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އިންޑިއާގެ ދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް އަދި ޓްރިވަންތަޕޫރަމްގައި ކޮންސިއުލޭޓެއް ހުރެ އެވެ. އަދި ހުޅުމާލޭގައި އިންޑިއާގެ ހައި ކޮމިޝަނެއް ހުރެ އެވެ.
އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމާ ދެ ގައުމުގެ މެދުގައި މިއަދު މަޝްވަރާކޮށްފައިވާކަން ހާމަކުރިއިރު، މީގެ ކުރިންވެސް ވަނީ މިފަދަ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ.

