މާބަނޑުކަމުގެ ދުވަސްވަރަކީ އަންހެނުންގެ މޫޑު އެކި ގޮތްގޮތަށް ބަދަލުވަމުންދާ ދުވަސްވަރެކެވެ. މިއީ ވަރަށް އާންމު ކަމެކެވެ. މި ރިޕޯޓުގައި މާބަނޑު އަންހެނުންގެ މޫޑު ބަދަލުވުމުގެ ސަބަބުތަކާއި އެކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ހިމަނާލާނަމެވެ.
މާބަނޑުކަމުގެ ދުވަސްވަރު މޫޑު ބަދަލުވުމުގެ މައިގަނޑު ސަބަބުތައް:
ހޯމޯން ބަދަލުވުން: މާބަނޑު ދުވަސްވަރު ހޯރމޯންތަކަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ޚާއްޞަކޮށް އެސްޓްރޮޖެން އަދި ޕްރޮޖެސްޓަރޯންގެ މިންވަރު އިތުރުވެ، މޫޑް ރެގިއުލޭޓް ކުރުމަށް ޒިންމާވާ ސިކުނޑީގެ ނިއުރޯޓްރާންސްމިޓަރސް އަށް އަސަރު ފޯރުވައެވެ.

މާބަނޑުއިރު މޫޑުބަދަލުވުން އަަވަސްވެއެވެ……..ފޮޓޯ:ފްލިކަރ
ޖިސްމާނީ ނުތަނަވަސްކަން: ބޮޑުވަމުން އަންނަ ތުއްތު ކުއްޖާއަށް ޖާގަ ދިނުމަށް ހަށިގަނޑަށް ބަދަލު އަންނަ ވަރަކަށް މޭނުބައިކުރުމާއި، ވަރުބަލިވުމާއި، ކޮނޑުގައި ރިހުން ފަދަ ޖިސްމާނީ އުނދަގޫތަކަކީ މޫޑު ބަދަލުވުމަށް މަގުފަހިވާ ކަންކަމެވެ.
ސްޓްރެސް އެންޑް އެންޒައިޓީ: ދަރިފުޅުގެ ސިއްހަތާ މެދު ކަންބޮޑުވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި، ވިހެއުމަށް އިންތިޒާރު ކުރެވުމަކީ ސްޓްރެސް އާއި ހާސްކަން އިތުރުވާ ކަމެކެވެ.
ނިއުޓްރިޝަނަށް ބޭނުންވުން: ބަލިވެ އިނުމުން ނިއުޓްރިޝަނަށް ޑިމާންޑް އިތުރުވެ، ވަކި ނިއުޓްރިއެންޓްސް މަދުވުމަކީ މޫޑަށް އަސަރު ކުރާނެ ކަމެކެވެ.
ވަރުބަލިކަމާއި ނިދި މަދުވުން: މާބަނޑުކަމުގެ ފުރަތަމަ ތިން މަސްދުވަހު އަދި ފަހު ދުވަސްތަކުގައި ނިދި މަދުވެ، ވަރުބަލިކަން އިހުސާސްވުމަކީ އާންމު ކަމެކެވެ. މިކަމުގެ ސަބަބުން މޫޑު ބަދަލުވުން އިތުރުވެއެވެ.

މާބަނޑުއިރު މޫޑުބަދަލުވެ، އިހުސަސްތައްވެސް ބަލިކަށިވޭ…….ފޮޓޯ:ފްލިކަރ
މޫޑު ބަދަލުވުމާ ކުރިމަތިލުމަށް އެޅިދާނެ ފިޔަވަޅުތައް:
ދުޅަހެޔޮ ވައްޓަފާޅިއެއް ގެންގުޅުން: ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓްސް އިން މުއްސަނދި ބެލެންސްޑް ޑައިޓެއް ބެހެއްޓުމާއި، ހައިޑްރޭޓް ވުމާއި، ގަވާއިދުން ޖިސްމާނީ ހަރަކާތްތެރިވުމަކީ މޫޑު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ރަނގަޅު ކާނާ ކެއުން: ފައިދާހުރި، ފުރިހަމަ ކާނާ ކެއުމަށް އިސްކަންދިނުން.
އެކަށީގެންވާ އަރާމާއި ނިދުމަށް އަހައްމިއްޔަތުކަން ދިނުން: ނިދުމާއި އަރާމުކުރުމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަރާމު ނިދުމުގެ މާހައުލެއް ގާއިމް ކުރުމާއި ރޫޓިން ހެދުމަކީ ނިދުމުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމެކެވެ.

މާބަނޑުއިރު، އިހުސަސްތައްވެސް ބަލިކަށިވޭ…….ފޮޓޯ:ފްލިކަރ
ސްޓްރެސް މެނޭޖްމަންޓް: ޑީޕް ބްރީތިންގ، މެޑިޓޭޝަން، އަދި ޕްރީނެޓަލް ޔޯގާ ފަދަ އުކުޅުތަކަކީ ސްޓްރެސް މެނޭޖްކުރުމާއި ރިލެކްޝަން ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭ އުކުޅުތަކެކެވެ.
ސަޕޯޓް ސިސްޓަމް: އާއިލާއާއި، ރައްޓެހިންނާއި، ނުވަތަ ސަޕޯޓް ގްރޫޕްތަކުގެ ވަރުގަދަ ސަޕޯޓް ނެޓްވޯކެއް އޮތުމަކީ ޖަޒުބާތީ ގޮތުން އަރާމުކަމާއި ވިސްނުން ލިބިގެންދާނެ ކަމެކެވެ.
ޕްރޮފެޝަނަލް އެހީތެރިކަން: މޫޑު ބަދަލުވުން ވަރަށް ބޮޑަށް ނުވަތަ ދިގު ދެމިގެންދާ ނަމަ މޫޑު ބަދަލުވުމުގެ ސަބަބުން ދިމާވާ ދަތިތަކާ ބެހޭ ގޮތުން ނަފްސާނީ ޑޮކްޓަރަކާ ވާހަކަ ދެއްކުން؛ ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ނުވަތަ ނަފްސާނީ ސިއްހަތުގެ ޕްރޮފެޝަނަލެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އެމީހުންނަށް ކައުންސެލިންގ ނުވަތަ އެނޫންވެސް އިންޓަރވެންޝަންތައް ބޭނުންވެއްޖެނަމަ ކުރެވިދާނެއެވެ.

އާއިލާއާއި، ރައްޓެހިންގެ އެހި ހޯދާށެވެ……ފޮޓޯ:ފްލަަޔަރ
ހުޅުވިގެން ވާހަކަދެއްކުމާއި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުން: ބައިވެރިޔަކާ ނުވަތަ ލޯބިވާ މީހުންނާއެކު އިޙްސާސްތަކާއި ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަކީ ޖަޒުބާތީ ބުރަތަކަށް ލުއި ލިބި، ވިސްނުންތެރިކަން އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މާބަނޑުކަމުގެ ދުވަސްވަރު މޫޑު ބަދަލުވުމަކީ ވަގުތީ ކަމެކެވެ. މިކަމާ ކުރިމަތިލުމަށް ރަނގަޅު ކާނާ ކެއުމާއި، ފުދޭވަރަކަށް ނިދުމާއި، ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދުމަކީ މުހިންމު ކަންކަމެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މާބަނޑުކަމުގެ ދުވަސްވަރު ފަސޭހަކަމާއެކު ވޭތުކޮށް އުފާވެރި އިންތިޒާރަށް ނިމުމެއް އަންނާނެއެވެ.
(މި ލިޔުމުގައިވާ މައުލޫމާތު ނަގާފައިވަނީ ހެލްތުލައިން ލިޔުން އެޕްރޫވްކޮށްފައިވަނީ ބައިނަލްއަގްވާމީ އެތަކެެއް ސިއްހީ އެވޯޑާއި ޑިގްރީފާސް ނަގާފައިވާ ޑރ. ޑެބްރާ ރޯސް ވިލްސަން، ޕީ.އެޗް.ޑީ.، އެމް.އެސް.އެން.، އާރް.އެން.، އައި.ބީ.އެލް.ސީ.އެލް.ސީ.، އޭ.އެޗް.އެން-ބީ.ސީ.، ސީ.އެޗް.ޓީ)
{ދުޅަހެޔޮ އަންހެނުން؛ މިއީ ހުވަދޫމީޑިޔާއިން ގެނެސްދޭ އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ލިޔުންތަކެކެވެ. މި ނަމުގެ ދަށުން ގެނެސްދޭ ލިޔުންތަކުގެ ތެރޭގައި، މައްސަރުކަންތަކާ ގުޅުން ހުރި ލިޔުންތަކާއި، މާބަނޑު އަންހެނުންނަށް ހާއްސަ ލިޔުންތަކާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާއި ޖިންސީގުނަވަންތަކަށް ޖެހޭ ބަލިތަކުން ރައްކާތެރިވާނެ ސިއްހީ އެހީތަކުގެ ލިޔުންތަކުގެ އިތުރުން ޕެރިމެނަޕޯސްއާ ހިސާބަށް ވެސް ގެނެސްދިނުމަށް މަސައްކަތް ކުރާނަމެވެ. އަދި މިފަދަ ލިޔުންތައް ގެނެސްދިނުމުގައި ސިއްހީ މާހިރުންނާއި ޑޮކްޓަރުންގެ ހާއްސަ ލިޔުންތަކާއި ޖަވާބުތަކުގެ ރެފަރެންސް ދެވޭނެއެވެ.}

