ޕާކިސްތާނުގެ ބައްޕައަކު އޭނާގެ އަންހެން ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށް، ދަރިފުޅުގެ ބޮލުގައި ސަވައިލެންސް ކެމެރާއެއް ހަރުކޮށްފިއެވެ.
އޭނާ މިކަން ކޮށްފައިވަނީ، ދަރިފުޅު ބޭރުގައި އުޅޭއިރު ދަރިފުޅު އުޅޭ ގޮތް ބެލުމަށާއި، ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ ވަގުތަކުވެސް އޭނާއަށް ކެމެރާ މެދުވެރިކޮށް ބެލުމަށެވެ.
މީސްމީޑިއާގައި ވަނީ އެ އަންހެން ކުއްޖާ ބޮލުގައި ކެމެރާ އަޅައިގެން ބޭރުގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވައިރަލްވެފައެވެ.
އެވީޑިއޯގައި އަންހެން ކުއްޖާ ކައިރީ އެގޮތަށް ކެމެރާ ހަރުކޮށްފައި ހުރީ ކީއްވެގެންތޯ ސުވާލު ކުރުމުން އަންހެން ކުއްޖާ ވަނީ އެކަމަކީ އޭނާގެ ބައްޕަ ބޭނުންވެގެން ކޮށްފައިވާ ކަމެއް ކަމަށާއި، ބައްޕަ އެގޮތަށް ކަންތައް ކުރީ އޭނާގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށް ވުމުން އެކަމާ ދެކޮޅު ހަދަން ބޭނުން ނުވީ ކަމަށް ބުނެފައެވެ.

