"ބިލީވް މީ ސެންސް މޭކް" މި ލަފްޒުން މަޝްހޫރިވި މީހާ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޯދައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މީމިހާ ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ނަގައިގެން އިން މަންޒަރެވެ. އަދި އެއީ ހުދަންބަރެއް ކަމަށާއި، މި މާވަހަރު ކަމަށް ބެލެވޭ އެތި ހޯދައިފައިވަނީ މާފުށީން ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މި މާވަހަރު ކަމަށް ބެލެވޭ އެތި ހޯދފައިވަނީ މިއަދު ހެނދުނު 30؛6 ގައި ކަމަށެވެ.
މާވަހަރުތައް މޫދުގައި ލައްގާވައިވާއިރު މީގެ ކުރިން ފެނިފައި ވެއެވެ. އަދި މީހުން އެ މާވަހަރުތައް ވިއްކައިގެން މުއްސަދިވެފަ ވެސް އެބަ ހުއްޓެވެ.

