ބީއެމްއެލް އިސްލާމިކްގެ ޓީމެއް ހުވަދު އަތޮޅުގެ އެކި ރަށްތަކަށް ވަޑައިގެން މައުލޫމާތު ސެޝަނެއް ކުރިއަށްގެންދަން ފަށައިފިއެވެ.
ބީއެމްއެލް އިސްލާމިކްގެ ޓީމް ހުވަދު އަތޮޅުގެ އެކި ރަށްތަކުގައު ހަރަކާތްތެރިވަނީ މި މަހު 6 އިން ފެށިގެން 10 އެއްގެ ނިޔަަލަށެވެ.
މިހާރުވެސް މި ޓީމްގެ ބައިވެރިން ގެންދަވަނީ އެ އަތޮޅުގެ އެކި ރަށްތަކުގައި ހަރަކާތެރިވަމުންނެވެ. އެގޮތުން މި މަހު ހަވަނަ ދުވަހު ހަރަކާތްތެރިވެފައިވަނީ ތިނަދޫ ސިޓީ ގައެވެ.
އޮކްޓޯމްބަރު 7 ގައި ތިނަދޫ އަދި މަޑަވެލި ، ހޯޑެއްދޫ ގަ ހަރަކާތްތެރިވެފަ ވާއިރު، އަށެއްގައި ހަރަކާތްތެރިވެފަ ވަނީ ތިނަދޫ ފަރެސްމާތޮޑާއާއި ވާދޫގައެެވެ. މާދަމާ މި ޓީމް ހަރަކާތްތެރިވާން ހަމަޖެހިފަނީ ގައްދޫ އަދި ކަނޑުހުޅުދޫއާއި. ގެމަނަފުށީގައެވެ. ނަމަވެސ ވިއްސާރަ ކުރުމުގެ ސަބަބުން ގައްދޫއާއި، ކަނޑުހުޅުދޫއާއި، އަދި ގެމަނަފުށީގަ ބާއްވާ ސެޝަންތައް ވަނީ ކެންސަލް ވެފަ ކަމަށްވެސް ބުނެފައި ވެއެވެ.
ބީއެމްއިލް އިން ބުނީ މިއީ އިސްލާކް ފައިނޭންސް އަށް އާންމުން ހޭލުންތެރި ކުރުމާއި، މި ހިދުމަތުގެ ތެރޭން ލިބެންހުރި ހިދުމަތްތަކާއި ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
މި ދަތުރުގައި ބީއެމްއެލް އިސްލާމިކް ޝަރީއާ ފައިނޭންސިން ބިޒްނަސް ޑިވޮލޮޕްމެންޓް އަދި ސޭލްސް އެންޑް ބިޒްނަސް ޓީމްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނަވާ ކަމަށް ވަނީ ބުނެފައެވެ.

