ނެޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އާއި ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓުން ލ.ގަމުގައި ޒުވާނުންނަށް ޚާއްސަ ސެޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ސެޝަން އަކީ ވަޒީފާގެ މައިދާނަށް އަލަށް ނިކުންނަ ޒުވާނުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ތަމްރީނު ފޯރުކޮއްދޭ ފަރާތްތަކަށް ސެއިލްސް ޕްރޮޖެކްޓާއި އެސްސީއެސްގެ ފަރާތުން ލިބެން ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލުމާތު ދިނުމަށް ބާއްވާ ސެޝަނެކެވެ.
އެގޮތުން، ތަމްރީން ޕްރޮގްރާމްތަކާއި، ވަޒީފާ ހޯދުމުގެ ޚިދުމަތްތަކާއި، އެންސީއެސް ޕޯޓަލްގައި ރަޖިސްޓަރ ވާނެ ގޮތާއި، އެންސީއެސްއާއި ގުޅޭ އެހެނިހެން މަޢުލުމާތު ވެސް މި ސެޝަންގައި ހިއްސާކުރެވިގެންދާނެއެވެ.

