މީޑިއާތަކަށް މައުލޫމާތުދެއްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ނުރައްކާތެރިކޮށް ލޯންޗުދުއްވި 3 ފަރާތްތަކެއްގެ ކަނޑުދަތުރުފަތުރުގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން، ފުލުހުން ބުނީ މި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެެންޑް ސިވިލް އޭވިއޭޝަނަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މައްސަލައިގައި އެޅޭނެ ދާއިމީ ފިޔަވަޅެއް ކަނޑައަޅާނީ އެ މިނިސްޓްރީން ކަމުގައެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއެއްގެ ސަބަބުންނެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ކުރެވިފައިވާ ތަޙްޤީޤުތަކުން އެނގިފައިވާ ގޮތުގައި، ވީޑިއޯގައި ފެންނަ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އަރިއަތޮޅު އުތުރުބުރިއަށް ދަތުރުކުރި އުޅަނދުތަކެކެވެ.

