އިހިމަހަކީ ސެލީނިއަމްގެ ރަނގަޅު މަސްދަރެއްގެ އިތުރުން އޮމެގާ-3 ފެޓީ އެސިޑް އެކުލެވޭ ކާނާއެކެވެ. އިހިމަސް ކެއުމުން ތައިރޮއިޑް ބަލި، ހިތްދަތިކަން (ޑިޕްރެޝަން) އަދި އެނީމިއާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި އިހިމަހަކީ ކެއުމެއްގައި ބޭނުންވާ މައިގަނޑު ޕްރޮޓީންގެ މަސްދަރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކާނާއެކެވެ.
އިހިމަހަކީ ދިވެހިންގެ މެދުގައި މިހާރު ވަރަށް މަޤްބޫލު ކާނާއެކެވެ. ކުރީގައި އިހިމަސް ކެއުމާމެދު ތަފާތު ގޮތްގޮތަށް ދެކެވުނު ނަމަވެސް، މިހާރު އިހިމަހަކީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް އަގުހުރި ކާނާއެއްގެ ގޮތުގައި ބެލެވެއެވެ. މީގެ މައިގަނޑު ސަބަބަކީ އިހިމަހުގެ މީރުކަމާއި އޭގެ ޞިއްޙީ ފައިދާތަކެވެ.

މިހާރު އިހިމަހަކީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް އަގުހުރި ކާނާއެއް
ރާއްޖޭގައި އާންމުކޮށް ފެންނަ 5 ވައްތަރެއްގެ އިހި އުޅެއެވެ. މި ވައްތަރުތަކަކީ ރާއްޖޭގެ ފަރުތަކުން ނިސްބަތުން ފަސޭހައިން ލިބެންހުރި ބުރި ބާވަތްތަކެކެވެ. ނަމަވެސް، މާލޭގައި އިހިމަހުގެ އަގު ބޮޑުކަން ފާހަގަކުރެވެއެވެ. މާލޭގެ މާރުކޭޓުގައި ރާއްޖޭގެ ފަރުތަކުން ނެގޭ އިހީގެ އިތުރުން، ވިއެޓްނާމް ފަދަ ޤައުމުތަކުން އެތެރެކުރާ އިހީގެ ބާވަތްތައްވެސް ވިއްކަމުންދެއެވެ.
އިހިމަހުގެ ޞިއްޙީ ފައިދާތައް:
- އޮމެގާ-3 ފެޓީ އެސިޑް: އިހިމަހުގައި މި މުހިންމު ނިއުޓްރިއެންޓް ގިނައިން އެކުލެވެއެވެ. މިއީ ހިތުގެ ޞިއްޙަތަށް ވަރަށް މުހިންމު މާއްދާއެކެވެ.
- ސެލީނިއަމް: މި މާއްދާ މަތީ މިންވަރަކަށް އެކުލެވިގެންވާތީ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
- ޕްރޮޓީން: އިހިމަހުގައި މަތީ މިންވަރަކަށް ޕްރޮޓީން އެކުލެވޭއިރު، ފެޓްގެ މިންވަރު ދަށެވެ. 30 ގްރާމްގެ އިހިމަހުގައި 5 އައުންސްގެ ޕްރޮޓީން ހިމެނެއެވެ.
- ކޮޕަރ: މި މާއްދާ އެކަށީގެންވާ މިންވަރަށް ހުރުމުން، ކަށިތައް ވަރުގަދަކޮށްދީ، ޓިޝޫތަކަށް ޖެހޭ ބައެއް ބަލިތަކުން ސަލާމަތްކޮށްދެއެވެ.
- ފޮސްފަރަސް: މި މާއްދާ މަތީ މިންވަރަކަށް އެކުލެވޭތީ، ކިޑްނީގެ މަސައްކަތް ރަނގަޅުކޮށްދީ، ސިކުނޑީގެ މަސައްކަތް ހަރުދުދަނާކޮށްދެއެވެ.

އިހިމަހުގައި އޮމެގާ-3 ފެޓީ އެސިޑް، މުހިންމު ނިއުޓްރިއެންޓް ގިނައިން އެކުލެވެއެވެ
އިހި ގަތުމުގައި ސަމާލުވާންވީ ކަންކަން:
- ތާޒާކަން: އިހި ހުންނަންވާނީ ތާޒާކޮށް ނުވަތަ ރަނގަޅަށް ގަނޑުކޮށްފައެވެ.
- ކުލަ: ތާޒާ އިހީގެ މަސް އާންމުކޮށް ހުންނާނީ ސާފު ހުދު ކުލައިގައެވެ. ދޮންކުލައަށް ނުވަތަ ޗޮކްލެޓް ކުލައަށް ބަދަލުވެފައި ހުރިނަމަ، އެ އިހި ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
- ރައްކާކުރުން: އިހި ފްރީޒްކުރުމުގެ ކުރިން ރަނގަޅަށް ސާފުކޮށް، ޕްލާސްޓިކް ކޮތަޅަށް ލާންވާނެއެވެ. މިގޮތަށް ރައްކާކޮށްފިނަމަ 3 މަސްދުވަހާ ހަމައަށް ބެހެއްޓިދާނެއެވެ.

ސިއްހީ އެތަކެއްފައިދާތަކުން ފުރިފައު
އިހިމަހުގެ ތާރީހީ މައުލޫމާތު:
އިހިމަހަކީ އެންމެ ފުރަތަމަ އެމެރިކާގެ މަގުތަކުގައި އުޅޭ ރާބޯ މީހުންގެ ކެއުމެކެވެ. އެ ޒަމާނުގައި އިހިމަހަކީ ދެރަ އެއްޗެއްގެ ގޮތުގައި ބެލެވި، އަޅުންނާއި ނިކަމެތިންނަށް ދެވޭ ކާނާއެއްގެ ގޮތުގައި ބެލެވުނެވެ. ނަމަވެސް، އޭގެ އަހަރުތަކެއް ފަހުން އެމެރިކާގައި އަދި މުޅި ދުނިޔޭގައިވެސް އިހިމަސް ވަނީ މުއްސަނދިން ކެއުމަށް ބޭނުންކުރާ އަގުބޮޑު ކާނާއަކަށް ބަދަލުވެފައެވެ.
ރާއްޖޭގެ އިހިމަހުގެ ވިޔަފާރި:
ރާއްޖޭގައިވެސް އިހިމަހުގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. މިހާރު ބޮޑު އިއްސެއް 300 ރުފިޔާއަށްވެސް ގަަންނަން ލިބެން ހުންނަނީ މަދު ފަހަރަކުއެވެ. މިކަމުން ދޭހަވަނީ އިހިމަހަށް އޮތް ތަރުހީބު އިތުރުވެ، އޭގެ އަގު މައްޗަށް ގޮސްފައިވާކަމެވެ.

ފަތުރުވެރިންނަށް ނުހަނު މަގުބޫލު ކާނާއަކަށްވާތީ، ރިސޯޓުތަކާއި ރެސްޓޯރަންޓުުތަކުުގެ ވިޔަފާރިއަށް ބޮޑު އާމްދަނީއެއް ލިބޭ
އިހިމަހުގެ އިޤްތިޞާދީ މުހިންމުކަން:
މަސްވެރިކަން: އިހި ނެގުމަކީ އަތޮޅުތަކުގައި ރަށްރަށުގެ ބައެއް ޒުވާނުން އިތުރުގަޑީގައި ކުރާ މަސައްކަތަކަށް ވާއިރު އަނެއްބައި ޒުވާނުން އަދި ރަށްރަށުގެ ހަރުފުރައިގެ މީހުންގެވެސް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ވެސް އަދު ވެފައިވާ ކަމެކެވެ. އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަކީ މިއީ ފަތުރުވެރިންނަށް ނުހަނު މަގުބޫލު ކާނާއަކަށްވާތީ، ރިސޯޓުތަކާއި ރެސްޓޯރަންޓުުތަކުުގެ ވިޔަފާރިއަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެވެ. އެހެންކަމުން އިހިމަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީއާވެސް ގުޅިފައިވާ ބާވަތެކެވެ. އަދި އިހިމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުންވެސް ނަފާ ހޯދާކަން ފާހަގަކޮށްލަމެވެ.

އިހިމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުންވެސް ނަފާ ހޯދާކަން ފާހަގަކޮށްލަމެވެ.
އިހިމަހުގެ ދެމެހެއްޓެނިވި ބޭނުންކުރުން:
އިހިމަހުގެ ބޭނުން އިތުރުވަމުން ދިއުމާއެކު، މި މުހިންމު ވަސީލަތް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން:
އިހި ނެގުމުގެ މޫސުން ކަނޑައެޅިދާނެއެވެ. އަދި ހާއްސަގޮތެއްގައި ވިހާ އިހި ނެގުން މަނާކުރެވިދާނެއެވެ. މީގެ އިތުރަށްވެސް، ވަކި ސައިޒަކަށްވުރެ ކުދި އިހި ނެގުން މަނާކުރުމަކީވެސް އިހިމަހުގެ ބޭނުންތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ކުރެވިދާނެ ކަމެެކެވެ. އަދި އިހި ގިނަކުރުމަށް ވަކި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި އިހި ދިރުވައި އާލާކޮށް މިއީ ދެމެހެއްޓެނިވި ބާވަތަކަށް ހެދުމަށް މަސައްކަތް ކުރެވިދާނެއެވެ.
އިހިމަހަކީ ސިއްހަތަށް ފައިދާހުރި، މީރު އަދި އިގުތިސާދީ ގޮތުން މުހިންމު ވަސީލަތެކެވެ. ނަމަވެސް، މި މުހިންމު ވަސީލަތް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އިހިމަހުގެ ސިއްހީ ފައިދާތަކާއި އިގުތިސާދީ މ މުހިންމުކަން ދެނެގަނެ، އެ މުހިންމު ވަސީލަތް ރައްކާތެރިކަމާއެކު ބޭނުންކުރުމަކީ މިއަދުގެ ޖީލުގެ ޒިންމާއެކެވެ.

