ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލާގައި މާލެ، ގ. ސަންސަންގެއާގެ، ޢަބްދުالله މިޔާދު (40 އަހަރު) ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، މިޔާދު ބޭނުންކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. މީގެ އިތުރުން، އެހެން ފަރާތްތަކަށްވެސް މަރުގެ އިންޒާރު ދީ، އަދި އެނޫން ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ ހަޑިހުތުރު ބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، މިޔާދުގެ އެކައުންޓުން އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށްވެސް ޕޯސްޓްތައް ކުރަމުން ގެންގޮސްފައިވެއެވެ. މިޔާދު ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހުރެފައި ރޭގެ ވަގުތެއްގައި ރާއްޖެ އައުމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިޔާދަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ދިގު މާޒީއެއް އޮތް މީހެކެވެ.
މި މައްސަލަ މިހާރު ދަނީ ފުލުހުންގެ ފަރާތުން ތަހުގީގު ކުރަމުންނެވެ.

