ކ އަތޮޅު އޮޅުވެލި ރިސޯޓުގައި މާދަންރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސަން ސިޔާމް އާއި ކަމަދޫ ޒާރާގެ ކައިވެނީގެ ރަންކިއުމުގެ ދަރުބާރުގައި ޒާރާ އޭނާގެ މާދަމާގެ ފިރިމީހާ އަށް ދިނީ އަގުނުކުރެވޭ ވަރުގެ ފުރިހަމަ ހަދިޔާ އެއްކަން ފާހަގަކޮށްލަމެވެ. މި ދަރުބާރުގައި ޒާރާ ވަނީ އޭނާގެ ނަލަ އަޑުން ލޯބީގެ ރީތި ލަވައެއް ކިޔައި، ސިޔާމަށް ދޭ ލޯތްބާއި އިތުބާރުގެ ޔަގީންކަން އަންގައިދީފައެވެ.
ޒާރާ ސިޔާމަށް ކިޔައިދިން ލަވަ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ދިވެހިވަންތަ ހުދު ހެދުމެއްގައި ޒާރާ ހުރި މަންޒަރެވެ. އަދި މުޅި ދަރުބާރުވެސް ޒީނަތްތެރިކޮށްފައިވަނީ ދިވެހިވަންތަކޮށެވެ. ދަރުބާރުގައި ސިޔާމް އިންނެވި އިރު، އޭނާގެ ވައަތް ފަޅީގައި އޭނާގެ ކޮއްކޮ، ހުސެއިން ސާލިމް މުހައްމަދުވެސް އިންނެވިއެވެ.
މި ކައިވެނީގެ ހަފުލާއަށް ޒާރާ އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުން މިހާރު ތިބީ އޮޅުވެލީގައެވެ. އެނގިފައިވާ ގޮތުގައި، މާދަންރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ހަވީރުން ފެށިގެންވެސް އެކި ކަހަލަ ހަރަކާތްތައް ކުރިޔަށް ދާނެ ކަމަށް ބެލެވެއެވެ.
ޒާރާއާ ބެހޭ ގޮތުން އެކި ފާޑުގެ ދޮގު ވާހަކަތައް ފެތުރެމުން ދާއިރު، އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން ފާހަގަ ކުރެވެއެވެ. ކައިވެނި ކުރުމަކީ އަމިއްލަ ޙައްޤެއްކަމާއި، އެކަމަށް އެހެން މީހުން ބަސްބުނެ ފާޑުކިޔައި އިލްޒާމު އަޅުވަން ޖެހޭ ކަމެއް ނޫންކަން ވެސް ފާހަގަކުރެވެއެވެ.
ޒާރާގެ އަލަތު ކައިވެންޏަށް ހުވަދޫމީޑިއާގެ ޓީމުން މަރުހަބާއާއި ތަހުނިޔާ ކިޔަމެވެ. އަދި ވާންއުޅޭ ކައިވެނީގައި ބަރަކާތް ލައްވައި ފެނިގެންދާ ފާގަތި ޙަޔާތެއް ދެއްވުމަށް ދުޢާ ކުރަމެވެ.

