މާލެސިޓީގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މޯލްޑިވްސް ޕޮލިސްލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ އަމީނީ މަގު ދިވެހިރާއްޖޭގެ އަޑުގެ އިމާރާތާ ކައިރީގައެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގުމާ ގުޅިގެން ފުލުހުންގެ ޓީމެއް ވަނީ ވަގުތުން އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ނަމަވެސް، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯ އަދި ފުލުހުން ހާމަކުރައްވާފައި ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

