ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ހިލޭ އެހީގެ ގޮތުގައި 5.9 މިލިއަނުގެ ހިލޭ އެހީއެއް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޙަލީލް ވިދާޅުވީ ރައީސްގެ އިންޑިއާ ދަތުރުފުޅާ ގުޅިގެން ނިމިގެންދިޔައީ ވަރަށް މުހިންމު ކަންތައްތަކެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއަށް ދިމާވާ އިގްތިސާދީ މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ސަރުކާރާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ ގުޅުން ދޭހަވާ އެންމެ ބޮޑު ކަމަކީ ރާއްޖެ އަށް ދެއްވި އެހީތެރިކަން ކަމަށް ވެސް ހަލީލް ވަނީ ފާހަގަ ކުރައްވާފައެވެ.
” ރާއްޖެއަށް 5.59 ހިލޭ އެހީ ދެއްވާނެ ކަމަށް ވަނީ ބުނެފަ. މިއީ ކުދިކުދި ޕްރޮޖެކްޓް ހޯދުމައްޓަކާ ކުރެވޭ ކަންތައްތައް. މިއީ ވަކި އަދަދެއް ދަންނަވައިގެން ދެއްވި އެހީ ތަކެއް ނޫން. މިއީ ރައްޔިތުންނަށް އެހީތަކެއް ފޯރުކޮށްދިނުމައްތަކާ ލިބިގެން ދިޔަ އެހީތަކެއް” ޙަލީލް
ހަލީލު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތްކޮށް އަބަދުވެސް މަސައްކަތްކުރާ ގައުމެއް ކަމަށެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމުވެސް ކަމަށެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި އެންމެ ކުރިޔަށް ދާނެވެސް ގައުމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްގެންދެވީ ހިތް ނިޔަތް ޚާލިސް ކުރައްވައިގެން ކަމަށާއި އެމަނިކުފާނު އެއްބަސްވެވަޑައިގަންނަވާ ކަމެއް ކުރައްވާނެކަން އިންޑިއާގެ ސަރުކާރުގެ ވެރިން މިއަދު ދަންނާނެކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން ކުރާ ކަންކަމަކީ ޤައުމަށާއި ރައްޔިތުންނަށްވެސް ފައިދާވާނެ ކަންތައްތަކެއް ކަމަށާއި ދެ ޤައުމުގެ ގުޅުމުގައި ފޮރުވަންވީ އެއްވެސް ކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

