ނަތީޖާ ނެރެދެވޭ އުފެއްދުންތެރި މީހަކަށް ވުމުގައި އިންސާނާގެ ނަފްސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިވާހަކަ ފާހަގަކުރެއްވީ މިއަދު ފާހަގަކުރަމުންދާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގަ އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ “ސަލާމަތް ސިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަމެވެ. އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދެވޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަމެއް ދެމާތޯ!” މިފަދައިންނެވެ.
ރައީސްގެ މި މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދެވޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމެވެ. މިކަމަށް ރިޢާޔަތްކޮށް، ރައްޔިތުންނަށް ގޮވާލައްވާފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ސަމާލުކަމެއް ދިނުމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ޚާއްޞަ މެސެޖެއް ދެއްވުމުން، މުޖުތަމަޢުގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް، ޚާއްޞަކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ބޮޑުކަން ފާހަގަކުރެވެއެވެ. މި މެސެޖުން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ސަމާލުކަމެއް ލިބި، މުޖުތަމަޢުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

