ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިންޑިއާ ދަތުރު ގުޅިފައިވީ ގައުމާއި ރައްޔިތުންނަޓަކާވި ގުރުބާނީވާ ގޮތުގައެވެ. ގައުމެއްގެ އިޤްތިސާދާއި ގައުމީ ކުރިއެރުމާއި ފާހަގަތިކަން ހޯދި ދަތުރެއްގެ ގޮތުގައި ވެސް މެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރު ނިންމަވާލެވުމަށްފަހު މިހާރު ހުންނެވީ ރާއްޖޭގައެވެ. މިއީ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހުން 10ވަނަ ދުވަހާ ހަމަޔައަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވުން/ ފޮޓޯ: ރައީސް އޮފީސް
މިދަތުރުފުޅުގައި ރައީސް ވަނީ އިންޑިޔާގެ ރައީސްގެ އިތުރުން އެކި މިނިސްޓަރުންނާއި، އަދި ބޮލީވުޑްގެ ސްޓާރުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
އިންޑީއާ އާއި ރާއްޖޭގެ ގުޅުމަށް އައު ބާބެއް
ޒަމާނާއްސުރެ އިންޑިއާއި ރާއްޖެ އަކީ އެކުވެރި ދެ ގައުމެވެ. ގުޅުންބަދަހި މުހިންމު އެކުގައި ގިނަ ނިންމުންތަކެއް ނިންމާ ދެ ގައުމެއްވެސް މެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ފެނިގެންދިޔައީ އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ހީނަރު ކަމެއް އައިތަނެވެ. އެ ހީނަރި ކަމުގެ ތެރެއިން ބޮޑެތި މައްސަލަތައް ޖެހި ދެ ގައުމު ގެ ގުޅުން އެއްކޮށް ކެނޑިފައިވާ ތަނެވެ. ދުނިޔޭގެ އެންމެ ބޮޑު ގައުމުގެ ގޮތުގައި އޮތް އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް އައި ބަދަލުތަކާއެކު އެތައްބަޔަކު ދިޔައީ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. ސަބަބަކީ ޒަމާންވީ އެ ގުޅުމަށް ހީނަރު ކަމެއް ލިބުމުން ދެން ވެގެންދާނެ ގޮތެއް ސިފަ ކުރެވޭތީއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިސްވެ ހުންނަވާ ފެށި އިންޑިއާ އައުޓް ހަރަކާތަކީ ސީދާ އިންޑިއާ އާއި ދެކޮޅަށް އޭރު ކުރެއްވި ކަންތައްތަކެވެ. އިންޑިއާއި ރާއްޖޭގެ ގުޅުމަށް އަސްލު އައި ނުރަނގަޅު ބަދަލަކީވެސް އިންޑިއާ އައުޓް ހަރަކާތެވެ.
އެހާ ހިސާބުން ދެ ގައުމުގެ ގުޅުން އެއްކޮށް ޕްލޮޕްވި އެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ރާއްޖެ އެއްކޮށް ބޮއިކެޓް ކުރުމަށް އިންޑިއާއިން ނިންމިއެވެ. ލަކްޝަދީޕުގައި ފަތުރުވެރިކަން އާލާ ކުރުމަށް ބޮޑުވަޒީރު މޯދީ އަމާޒު ހިފިއެވެ. އަދި އިންޑިއާގެ މަޝްހޫރު ސްޓާރުންވެސް މި ކަމާ ދެކޮޅަށް ތެދުވިއެވެ.
ނަމަވެސް މި ހަރަކާތް މިއަދު ވަނީ އެއްކޮށް ބަދަލުވެފައެވެ. ރައީސް މުއިއްޒުގެ ދުރުވިސްނޭ ޕްލޭނުގެ ދަށުން އެއްވެސް ޤައުމަކާ ވަކިވެގަތުމަކީ ކުރުން ރަނގަޅުކަމެއް ނޫންކަމަށް ނިންމިއެވެ. ރައީސް ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގައި ކުރިއެރުން ލިބިފައިވާ ކަމަށެވެ. ސީދާ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާލިބޭ ދާއިރާތައް ކަމުގައިވާ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި، މުޅި ޤައުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުން ފަދަ ކަންކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިންޑިއާ ދަތުރުގެ ތެރެއިން/ފޮޓޯ : ރައީސް އޮފީސް
ދުނިޔޭގެ ބަދަލުވަމުންދާ ކަންކަމުގެ ތެރެއިން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ދެ ޤައުމުގެ ދެމެދުގައްޔާއި ސަރަޙައްދީ ފެންވަރުގައި ގާތް ގުޅުން ބޭއްވުމުގެ މުހިންމުކަމަކަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ހިލޭ އެހީގެ ގޮތުގައި 5.9 މިލިއަނުގެ އެހީއެއް ދޭން އިންޑިއާ ސަރުކާރުން މިހާރު ވަނީވެސް ނިންމާފައެވެ. ރައީސްގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަން އިންޑިއާ ސަރުކާރުން ވަނީ ސާބިތު ކޮށްދެއްވާފައެވެ. އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތްކޮށް އަބަދުވެސް މަސައްކަތްކުރާ ގައުމެކެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމުވެސްމެއެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި އެންމެ ކުރިޔަށް އޮންނަނީވެސް އިންޑިއާއެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދު ވެވުނު އެއްބަސްވުންތައް:
1. އަ ވިޜަން ފޯ ކޮމްޕްރިހެންސިވް އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" އިޢުލާންކުރެއްވުން.
- އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޯސްޓްގާޑުގެ މަނަވަރު "ހުރަވީ ޝިޕް" ރީފިޓްކުރުމުގެ މަސައްކަތް އިޢުލާންކުރެއްވުން.
- ވީޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް "ރޫޕޭ ކާޑް" އިފްތިތާޙުކުރުން.
- ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރުގެ އާ ރަންވޭ އިފްތިތާޙުކުރުން.
- އިންޑިއާގެ އެގްޒިމް ބޭންކުގެ ބަޔަރސް ކްރެޑިޓް ފެސިލިޓީގެ ދަށުން ޢިމާރާތްކުރި 700 ސޯޝަލް ހައުސިންގ ޔުނިޓު ހަވާލުކުރުން.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ރިޒަރވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެވޭ ކަރަންސީ ސްވޮޕް އެގްރީމަންޓް-
- ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ރާޝްތުރިޔާ ރަކްޝާ ޔުނިވަރސިޓީ އާ ދެމެދު ވެވޭ އެއްބާރުލުންދިނުމުގެ ފަހުމުނާމާ
- ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނާ ދެމެދު ވެވޭ ފަހުމުނާމާ
- ދިވެހިރާއްޖޭގެ ޖުޑީޝަލް އޮފިސަރުން ތަމްރީނުކުރުމާއި ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކެޑަމީއާ ދެމެދު ވެފައިވާ ފަހުމުނާމާ އާކުރުން-
- ކުޅިވަރާއި ޒުވާނުންނާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުމާމެދު ދިވެހި ސަރުކާރާއި، އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްއާ ދެމެދު ވެފައިވާ ފަހުމުނާމާ އާކުރުން
މިއަދު ފެނިގެން މިދަނި ކުރިއަށް އޮތް 20 އަހަރުގެ މާސްޓާރ ޕްލޭނަށް ވަމުންދާ ތައްޔާރީތަކެވެ. ރައީސްގެ އަމާޒަކީ 2040 ވަނަ އަހަރާއު ހަމަޔަށް ރާއްޖެ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ފެންނާށެވެ.
ވިސްނާފި ބަޔަކަށް އިބްރަތެކެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާއިރު، އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. މިހާރު ގުނަމުން މިދަނި މި ގުޅުމަށް 59 ވަނަ އަހަރެވެ. ބައިގަރުނުގެ މި ތާރީހުގައި ރާއްޖެ ދެކެފައިވަނީ އިންޑިއާގެ ގުޅުމާއި އިންޑިއާ އިން ރާއްޖެއަށް ވެދެވޭ އެހީތެރިކަމެވެ.
އިންޑިއާގެ ގުޅުމަށް ރައީސް ނެންގެވި ސްޓޭންގެ ސަބަބުން ރައްޔިތުން ތިބީ އުފާ އުފަލުންނެވ. ރައްޔިތުންނަށް ހެވާލާބަ ހޯދުމަށް ރައީސް ކުރައްވަމުން ގެންދަނީ ދާއިމަށް އޭގެ ފައިދާ ކުރާނެ ކަންތައްވެސް މެއެވެ.

