ހުޅުމާލެ ފޭސް 1 އިން ބަނގުރަލާއެކު ސްރީލަންކާ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ 25 އަހަރުގެ ތަރިންދު މަހޭސްހަކަ އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޭ ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލް ކުރަމުންދިޔައިރު ލިބުނު މަޢުލޫމާތަކާ ގުޅިގެން ކާރެއް ހުއްޓުވައި ބަލައިފާސްކުރިއެވެ. އަމީން އެވެނިއު ކައިރިން ހުއްޓުވި މި ކާރު ބަލައިފާސްކުރުމުން ބަނގުރާ ކަމަށް ބެލެވޭ 28 ފުޅި ފެނުނެވެ.
މި މައްސަލައާ ގުޅިގެން ތަރިންދު މަހޭސްހަކަ ހައްޔަރުކޮށް، އޭނާ ދުއްވަމުންދިޔަ ކާރު ވަނީ ޓޯވ ކުރެވިފައެވެ. މި މައްސަލަ މިހާރު ދަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންނެވެ.
ދިވެހިރާއްޖޭގައި ބަނގުރާ ގެންގުޅުމާއި ބޭނުންކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ޖަލު ޙުކުމާއި ޖޫރިމަނާ ކުރެވިދާނެއެވެ.

