ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކަކާއެކު އިއްޔެ ހައްޔަރުކުރި ދެ މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިއްޔެ ހެނދުނު 6:54 ހާއިރު ފަރީދީމަގާއި، ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައިދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ޕިކަޕު ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 12 ޕިކަޕު ބެޓެރި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ.މަރަދޫފޭދޫ، މާކަރީ ލައިޓް، ޢަލީ އަޙްސަން (32 އ) އަދި ސ.ފޭދޫ، އަނަސް، މުޙައްމަދު ނީޒާދު (43 އ) އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންނަކީ ހައްޔަރު/ބަންދު ލޮގް ގިނަ ދެ މީހުންނެވެ.

