މާލެސިޓީ ކައުންސިލަށް ކޮންސަލްޓެންޓުންގެ ގޮތުގައި އެމްޑީޕީއަށް ނިސްބަތްވާ 15 މީހަކު ނަގާފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އެއްބަސްވެވަޑައިގެންފިއެވެ.
އާޒިމް މިގޮތަށް އެއްބަސްވީ ލާމަރުކަޒީ ގުޅުމުގެ ނަމުގައި އެމްޑީޕީން ހދ ކުޅުދުއްފުށީގައި ބާއްވަމުންދާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ ކައުންސިލްގައި ޢޭނާއަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި، ކައުންސިލްގައި އޭނާ ބުނާހުރިހާ ކަމެއް ވާކަމަށެވެ. ކޮންސަލްޓެންޓުން ނަގަން ބޭނުންވެގެން މިހާރު ވާނީ 15 ކޮންސަލްޓެންޓުން ނަގާފައިކަމަށެވެ. އަދި ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާފައިވާނީ އެކަކު ފިޔަވައި ހުސް އެމްޑީޕީ މެމްބަރުން ކަމަށެވެ.
އަޅުގަނޑަށް އެއްވެސް ދަތިކަމެއް ނެތް ކައުންސިލްގައި . އަޅުގަނޑު ބުނާ ހުރިހާ ކަމެއްވޭ. ކޮންސަލްޓެންޓުން ނަގަން ބޭނުން ވެގެން މިހާރު ވަނީ 15 ކޮންސަލްޓެންޓުން ނަގާފައި. އެތާ އެތިބީ އަޅުގަނޑުމެންގެ ޕާޓީ މެމްބަރުން އެކަކު ފިޔަވައި- މޭޔަރ އާޒިމް
އާޒިމްގެ ވާހަކަކޮޅު ނިމުމުން ޗެއާރޕާސަން އެދިވަޑައިގަތީ އެވާހަކަކޮޅު ޝޯޝަލް މީޑިއާއަށް ދިއުމުގެ ކުރިން އެޑިޓް ކޮށްދެއްވުމަށެވެ. އަދި އާޒިމް ގެ އެވާހަކަ ކޮޅު. ބަދަލުކުރުމަށް އެދިވަޑައިގަތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންސަލްޓެއްގެ މުސާރަ 30،000 ރުފިޔާއަށްވުރެ ބޮޑެވެ.

