ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ކޮންގްރެސް ޕާޓީން މިއަދު ބުނީ ޖަލްސާ އޮންނާނީ ހ.ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި މިރޭ 20:30 ގައި ކަމަށެވެ.
ހުރިހާ ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ ދައުވަތު ދީފައެވެ.
މި ޖަލްސާ ބައެއް ޗެނަލްތަކުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި ޕާޓީއެވެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ހެދުމަށް އެ ޕާޓީން އަންނަނީ މެންބަރުން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

