ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބާއްވަން ނިންމި ހަރުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ކޮންގްރެސް ޕާޓީން މިއަދު ވަނީ ހ.ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި މިރޭ 20:30 ގައި އެ ޕާޓީގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
ނަމަވެސް ކޮންގްރެސް ޕާޓީން ފަހުން ބުނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަރުގެ ޖަލްސާ ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާ ކެންސަލް ކުރި ވަކި ސަބަބެއް ހާމައެއް ނުކުރެއެވެ.
ކޮންގްރެސް ޕާޓީން ބުނީ ޖަލްސާ ފަހުގެ ތާރީޚަކަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާ ބާއްވާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ.

