ރައްޔިތުންގެ މަޖިލީހުގެ ފ.އަތޮޅު މެންބަރުކަން ކުރެއްވި ޢަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވެއްޖެއެވެ.
ޢަބްދުލްޣަފޫރު އަވަހާރަވީ މިއަދުގެ ވަގުތެއްގައި އިންޑިއާގައެވެ. އަވަހާރަވިއިރު އޭނާ ގެންދެވީ ސްޓްރޯކެއް ޖެހިގެން އެކަމަށް ފަރުވާ ހޯއްދަވަމުންނެވެ.
ޢަބްދުލްޣަފޫރު އަވަހާރަވުމާ ގުޅިގެން، އެ މަރުހޫމުގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ޢަބްދުލްޣަފޫރު ވަނީ ސަރުކާރުގެ ބައެއް މަގާމުތައް ވެސް ފުރުއްވާފައެވެ. އޭނާ ފ.އަތޮޅު މެންބަރުކަން ކުރެއްވީ 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށެވެ.

