ސްނޯކްލިންގ އަށް ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އއ.ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންގއަށް ގޮސް އުޅުނި ފަތުރުވެރިއެއް މަރުވެފައިވާކަމަށް އިއްޔެ 11:22 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާއަކީ ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ މަރުވި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

