ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމެވީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށެވެ. އެގޮތުން ދައުލަތުގެ ވުޒާރާތަކުން ކުރިއަށް އޮތް 15 ދުވަސްތެރޭގައި އެ މުވައްޒަފުން ވަކިކުރަން އަންގަވާފައިވާ ކަމަސް ރައީސް ވިދާޅުވިއެވެ.
ވަކިކުރަން އެންގެވި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
ރައީސް ވިދާޅުވީ މި ނިންމެވުމާއެކު ދައުލަތުގެ ބަޖެޓުން 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

