ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކުރީގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ވަނީ ބީޔޫސީޖީއާއެކު ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައިި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝަރީފެވެ. ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލޫ ވެއި އެވެ.
ވީއައިއޭގެ ފުރަތަމަ ރަންވޭ މިހާރުު ބޭނުންކުރަމުން އަންނަނީ ޓެކްސީވޭއެއްގެ ގޮތުގައެވެ. އެމްއޭސީއެލްއިން ބީސީޖީއާ ހަވާލުކުރީ މި ޓެކްސީވޭ އާކޮށް، ޒަމާނީ ކުރުމަށެވެ.
މި މަަސައްކަތް ހަވާލުކުރީ 2027 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް މުޅިން ނިންމާ ގޮތަށެވެ.
އަންނަ މަހު އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން 3,200 މީޓަރުގެ އެ ރަންވޭ ހަދާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައެވެ.

