މޫސުމީ ކަންކަމުގައި އެހީތެރިވުމަކީ އެންމެންގެ ވެސް ޒިންމާއެއްކަމަށާއި، ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ފިލިޕީންސްގެ މެނީލާގައި ކުރިއަށް ގެންދާ "ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް" ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ބޮޑު ކަމަށާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރިހ ގައުމަކުންވެސް އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.
" އެއް ގައުމު އަނެއް ގައުމަށް ދިމާވާ މޫސުމީ ކަންކަމުގައި އެހީތެރިވުމަކީ އެންމެންގެ ވެސް ޒިންމާއެއް" އައްސާން
ޣައްސާން އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަަށް އޮތް ފަސް އަހަރުގެ ގައުމީ ޕްލޭން "ނޭޝަނަލް ޑިޒާސްޓާ ރިޑަކްޝަން ސްޓްރެޓަޖީ 2024-2030 އަންނަ މަހު އިފުތިތާހު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް ރާއްޖެއަކީ އދ. ގެ "އާލީ ވޯނިން ފޯ އޯލް އިނީޝިއޭޓިވ" ގައި ބައިވެރިވެރި ފުރަތަމަ ގައުމު ކަމަށްވެސް އައްސާވަނީ ފާހަގަ ކޮށްފައެވެ.

