އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ، ބިރުދައްކައި، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހުގައެވެ.
ފުލުހުން އިއްޔެ ބުނީ މި މައްސަލާގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައްސަލާގެ އިތުރު މައުލޫމާތު ހާމަކޮށް، ރޭގެވަގުތެއްގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ 40 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް އޭނާ ބަންދުުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

