ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ޝޯއިބް (41 އ) އާއި، އޭނާގެ އަނބިމީހާ އައިޝާ (38 އ) އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށް، ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ ދެ މީހުން ރާއްޖެ ގެނައި ލަގެޖުން ކޮންސީލްކޮށްފައިވާ ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ތަރުޖަމާނަކު ހަމަޖެހިފައިނުވާތީއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ވަކީލެއްގެ ފުރުސަތު އޮތް ކަމަށް ވަނީ އަންގާފައެވެ.

