ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ލަފާކޮށްފިއެވެ.
މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިހެން ބުނީ މިއަދު ހަވީރު 18:00 އަށް މޫސުން ލަފާކުރާ ގޮތް ހާމަކޮށް އާންމުކުރި މައުލޫމާތުގައެވެ.
އެގޮތުން ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.
އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:30 އާ ހަމައަށެވެ.

