ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅެން ފަށައިފިއެވެ.
އެގޮތުން ޖަރުމަނުވިލާތުގެ ލުފްތާންސާ އެއާލައިނުން ވެސް މިހާރު ވަނީ ރާއްޖޭގައި މި ޚިދުމަތް ދޭން ފަށާފައެވެ. މިއީ ރާއްޖޭގައި މި ޚިދުމަތް ފެށި އަށްވަނަ އެއާލައިނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ބުނީ މިއަދު ހެނދުނު ބަންގްލަދޭޝްއިން 10 ޓަނުގެ މުދާ ޖަރުމަނުވިލާތުގެ ފްރެންކްފަރޓަށް ގެންގޮސްފައިވާ ކަމަށާއި، އެ މުދާ އެމެރިކާއަށް ގެންދެވޭނެ ކަމަށެވެ.
ވީއައިއޭއިން ހާމަކޮށްފައިވާ ގޮތުގައި އެއްމަސްދުވަހުގެ ތެރޭގައި ވަނީ 300 ޓަނުގެ މުދާ ވަނީ ކާގޯ ކުރެވިފައެވެ.
މަސް ދުވަހުގެ ތެރޭގައި 3 އެއާލައިނަކުން މި ޚިދުމަތާ ގުޅިފައިވާއިރު، ވީއައިއޭއިން ބުނީ ދެކުނު އޭޝިއާއާއި ދުނިޔެއާ ގުޅުވައިދޭ ކާގޯ ހަބެއްގެ ގޮތުގައި ވީއައިއޭ ގާއިމުކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަނީ އެއް ފިޔަވަޅު ގާތްވެފައެވެ.
ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ރާއްޖެއިން ޔޫރަޕަށް ވައިގެ މަގުން ބޭރުކުރުމަށް އެމްޕީއެލްއިން އިސްނަގައިގެން އެމްއޭސީއެލްއާއެކު ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފެށީ މިދިޔަ މެއިމަހުއެވެ.

