ނެޝަނަލް ކެރިޔަރ ސަރވިސެސް (އެންސީއެސް)އާއި ޓްރީޓޮޕް ހޮސްޕިޓަލާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ކުރިއަށް ގެންދެވިދާނެ ތަމްރީނު ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ބާއްދަލުވުމެއް ބާއްވައިއެވެ.
އެ ބައްދަލުވުމުގައި، މިވަގުތު ސިއްޙީ ދާއިރާއަށް އެންމެ ބޮޑަށް ބޭނުންވާ ހުނަރުތަކާއި، ހުނަރުތަށް އިތުރަށް ޢިއާދަކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، ސިއްޙީ ދާއިރާއަށް އެންމެ ބޭނުންނާ ހުނަރުތަށް ހުރި ޤާބިލް ޒުވާނުން ބިނާކުރުމަށް އެންސީއެސް އަދި ޓްރީޓޮޕް ހޮސްޕިޓަލުން ގުޅިގެން ކުރިއަށް ގެންދެވިދާބނެ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ނެޝަނަލް ކެރިޔަރ ސަރވިސެސް (އެންސީއެސް) އަކީ ދިވެހި ސަރުކާރުގެ “އެންމެންނަށް ވަޒީފާ” ސިޔާސަތުގެ ދަށުން، ހުރިހާ ޒުވާނުންނަކީ ވެސް ވަޒީފާ ޢަދާކުރާ ޒުވާނުންކަން ކަށަވަރުކޮށް، އިންވޮލެންޓިއަރީ އަންއެމްޕްލޮއިމެންޓް (ވަޒީފާ ހޯދުމަށް މަސައްކަތްކޮށް، ވަޒީފާ ނުލިބުން) މަދުކުރުމާއި، ޒުވާނުންނަށް ފަޒީފާގެ ފުރުޞަތުތަސް ފަހިކޮއްދިނުމަށް އަމާޒުކޮށް ޤާއިމްކުރެވިފައިވާ އިދާރާއެކެވެ.

