ބައިނަލްއަޤްވާމީ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްފައިވާ "ފޮޓޯ ވިތް މައި ޕެޓް" ފޮޓޯ މުބާރާތުގެ ނަތީޖާ އިޢުލާނުކޮށް، ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ދީފިއެވެ.
އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާއެވެ.
އެ މުނާސަބަތުގައި މާލޭގައި ބޭއްވުނު ފެއަރ ލަކީ ޑްރޯގެ ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށާއި، އުރީދޫ މޯލްޑިވްސްއާ ގުޅިގެން ވަނީ އިނާމު ދެއްވާފައެވެ. އެއްވަނައަށް ހޮވުނީ އަލީ އައިހަމް ޙުސައިން، ދެވަނައަށް މުޙައްމަދު ވާރިދު، އަދި ތިންވަނައަށް އަޒްކާ އިސްމާޢީލް ޝިޔާމްއެވެ. އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު އެ ރަސްމިއްޔާތުގައި އެ ބޭފުޅުންނަށް ވަނީ އިނާމުތައް ޙަވާލުކުރެވިފައެވެ.
އަދި މި ސޯޝަލް މީޑިއާ މުބާރާތުގައި އެއްވަނަ ހޯދީ ޒައީލް ނާޒިމް ކަމަށްވާއިރު، ދެވަނައަށް ހޮވުނީ ޖޭސްމިން އިބްރާހިމް ޝަރީފެވެ. މި ރަސްމިއްޔާތުގައި ވަނަތައް ހޯދި ފަރާތްތަކަށް އިނާމުތައް ރަސްމީކޮށް ވަނީ ޙަވާލުކޮށްފައި ކަމަށް ވެސް އެނިމަލް ވެލްފެއާރ މިނިސްޓްރީން ވަނީ ބުނެފައެވެ.

