މިއަދުގެ ބައެއް ގަޑިތަކުގައި މާލެއާއި ހުޅުމާލޭން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މޫނިމާ ހިނގުން، ލޮނުޒިޔާރަތް މަގު، ކިނބިގަސް މަގު، ޖަނަވަރީ ހިނގުން އަދި މުތްތޮށި ގޯޅި ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ހުޅުމާލޭ ފޭސް 1 ގެ ހިރުނދު މަގު އަދި އަހިގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:00 އާއި 11:00 އާ ދެމެދު އަދި ފޭސް 1 ގެ ކާނި މަގު އަދި އުނިގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން އިއްޔެ ބުނެފައިވަނީ ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
މީގެއިތުރުން މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

